Tuesday, 28 July 2026
ރައީސް މުއިއްޒު "ނޭޝަނަލް ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅުފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ބޭރު މަގު ޕްރޮޖެކްޓް ނިމުމުން އުޅަނދުތައް ކައިރިކުރެވޭ ޖާގަ ވަނީ އިތުރު: ރައީސް

މާލޭގެ ބޮޑު ތަކުރުފާނު މަގުގެ އުތުރު ކޮޅުގައި ތާރު އެޅުމުގެ މުޅި މަޝްރޫއު ނިމުމުން އެ ފަރާތު ބަނދަރުގައި ކަނޑު އުޅަނދުތަކަށް ކައިރި ކުރަން އޮންނަ ޖާގަ އިތުރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަޝްރޫއުގައި ފަޅުން ބައެއް ހިއްކައިގެން ބޭރު މަގު ފުޅާކުރާތީ އާއި ޕާކިން ބިލްޑިންއެއް އަޅާ ގޮތަށް އިތުރު ސަރަހައްދެއް ވެސް ހިއްކާތީ ފަޅުގެ ޖާގައިގެ ދަތިކަން އަންނާތީވެ ރަށްރަށަށް ދަތުރުކުރާ ލޯންޗުފަހަރުކާއި މީހުންނާއި މުދާ އުފުލާ އޮޑިފަހަރުތައް ގެންގުޅޭ މީހުންގެ ކަންބޮޑުވުމާއި ޝަކުވާތައް އެބަހުއްޓެވެ.

ކޮންމެ ހުކުރު ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ 'ޕަލްސް' ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ފަޅުން ބައެއް ވިއްކުމުގެ ސަބަބުން ގެއްލުނީ ވަރަށް ކުޑަ ޖާގައެއް ކަމަށާއި ކުޑަ ޖާގައެއް ވިޔަކަސް ޖާގައެއް ގެއްލޭ ނަމަ ޝަކުވާތަކެއް އުޅޭނެ ކަމަށެވެ.

އެހެން ނަމަވެސް ފަޅުގައި އިތުރު ތިން ކީވޯލް ވެސް މި މަޝްރޫއުގެ ތެރެއިން ގާއިމުކުރާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ ސަބަބުން ލޯންޗުތަކަށް ވެސް ކައިރީ ކުރެވޭނޭ ޖާގަ އިތުރުވާނެ ކަމަށެވެ. އެހެންކަމުން ލޯންޗުތަކަށް މީހުން އަރައި ފޭބުމާއި މުދާ ކޯޑު ކުރުމާއި އަންލޯޑުކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ތަން ހުޅުވޭ އިރަކަށް ނުހުންނާނެ. އެކަމަކު މުޅި ޕްރޮޖެކްޓް ނިމިގެން ދާއިރު އެ ތަންތަނުގައި ހިޔާކުރެވިފައި ހުންނަ، މީހުންނަށް އިށީނދެ ތިބެވޭނެ ކޮންމެ ވެސް ކަހަލަ އިންތިޒާމުތަކެއް ހަމަޖެހިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

"ވަރަށް ބޮޑަށް ހިތްފަސޭހަ ވާނެ އެ ތަން،" ރައީސް އިތުރަށް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *