Tuesday, 28 July 2026

އެއްބަސްވުމެއް ނުހަދައިގެން ކުޅުދުއްފުށި ސިޓީ ކައުންސިލުން ފެނަކައަށް ކުރި ދައުވާ ސާބިތެއް ނުވި

ހދ. ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލާއެކު ފެނަކަ ކުންފުނިން އެއްބަސްވުމެއް ނުހަދައިގެން ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުގައި ފެނާއި ނަރުދަމާ އާއި ކަރަންޓުގެ ހިދުމަތް ކައުންސިލަކުން ދޭން ވާނެ ކަމާއި ތިންވަނަ ފަރާތަކުން ހިދުމަތް ދޭން ބޭނުންވާ ނަމަ ކައުންސިލާއެކު އެއްބަސްވުމެއް ހަދަން ޖެހޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނާ ބައެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ފެނަކައިން ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދެނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެ ކުންފުނިން އުފައްދައި އެ ކުންފުންޏަށް ސަރުކާރުން ހަވާލުކޮށްފައިވާ ޒިންމާގެ ތެރެއިން ކަމަށެވެ. އެހެންކަމުން ގާނޫނުގައި ބުނާ ތިންވަނަ ފަރާތަކަށް ފެނަކަ ނުވާ ކަމަށް ހުކުމްކޮށްފައިވެ އެވެ.

ފެނަކައިން އެ ހިދުމަތް ދެނީ ދިވެހި ސަރުކާރުގެ ފަރާތުން ކަމަށްވާނީ މި ބަހުސް ކުރަން ބޭނުންވާ ނަމަ ކުރެވޭނީ ވެސް ދިވެހި ދައުލަތަށް ރައްދުވާ ގޮތަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވެ އެވެ. މި މައްސަލާގައި ދައުވާ ރައްދުކޮށްފައިވަނީ ދިވެހި ދައުލަތް ތަމްސީލްކުރާ ބަންޑާރަ ނައިބަކަށް ނޫން ކަމަށް ސިވިލް ކޯޓުގެ ހުކުމުގައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *