ހިމަބިހި ޖެހުނު ޒުވާނާ ނިޔާވީ އެ ބަލީގައިތޯ އިތުރަށް ޔަގީންކުރަމުންދާ ކަމަށް ހެލްތު ޕްރިޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހިމަބިހި ޖެހުނު ޒުވާނެއް ނިޔާވީ އިއްޔެގައެވެ. އެއީ އުމުރުން 24 އަހަރުގެ ގދ.ފިޔޯރީ ޑްރީމީ ލައިޓް އިބްރާހިމް ދިޔާޝް ރަޝީދެވެ. އެނގިފައިވާ ގޮތުގައި ދިޔާޝް މި ބައްޔަށް ޕޮސިޓިވް ވެފައި ވަނީ ނިމުނު މަހުގައެވެ. އަދި އޭނާ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންގެންދަނިކޮށެވެ.
މި ކަމާ ގުޅިގެން މިއަދު އެޗްޕީއޭ އިން ބުނީ ދިޔާޝް ނިޔާވުމާއި މި ބައްޔާއި ގުޅުމެއްވޭތޯ ބެލުމަށް ކަނޑައެޅިފައިވާ ކްލިނިކަލް އަދި އެޕިޑެމިއޮލޮޖިކަލް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެޗް.ޕީ.އޭ އިން ތަހުގީގު ކުރަމުންދާނެ ކަމަށެވެ. އަދި މި ތަހުގީގު ނިމުމުން މީޑިޔާތަކާއި ހިއްސާ ކުރަމުން ދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އެޗްޕީއޭ އިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 23 ވޭދަނަ ފެނިފައިވާއިރު މިހާތަނަށް ޖުމްލަ 144 ވޭދަނަ ރިޕޯޓުކޮށްފައިވެއެވެ.


