Tuesday, 28 July 2026
މޯލްޑިވްސް ޕޮލިސް ހެޑްލްއާޓާސް---ފޮޓޯ: ރާއްޖެ24

އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ސައިބާ ކުށްތައް 105 އިންސައްތަ އިތުރުވެއްޖެ

މި ހިނގާ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސައިބާ ކުށްތަކުގެ މިންވަރު 105 އިންސައްތަ އަށްވުރެ އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ސައިބާ ކްރައިމްގެ ގޮތުގައި 1،053 މައްސަލަ ހުށަހަޅާފައިވެއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކޮށްފައިވާ ސައިބާ މައްސަލަތަކުގެ އަދަދު ކަމުގައިވާ 512 އަށް ވުރެ 105 އިންސައްތަ ބޮޑު އަދަދެކެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުގައި ފުލުހުން އަންނަނީ 884 ސައިބާ މައްސަލައެއް ތަހުގީގު ކުރަމުންނެވެ. އަދި 457 މައްސަލައިގައި ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ވެސް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އަދިވެސް އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އޮންލައިން ޝޮޕިންގް ސްކޭމްގެ ކުށްތަކުގެ ގޮތުގައި 464 މައްސަލަ ރިޕޯޓް ކޮށްފައިވެއެވެ. މިއަދަދަކީ މިދިޔަ އަހަރު ރިޕޯޓްކުރި 86 މައްސަލައާ ބަލާއިރު 439 އިތުރު އަދަދެކެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތަކުގެ ގޮތުގައި 109 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓްކުރި 15 މައްސަލައާ އަޅާބަލާއިރު 626 އިންސައްތަ އިތުރު އަދަދެކެވެ.

ފުލުހުން ބުނި ގޮތުގައި ސައިބާ ކުށްތައް އިތުރުވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ، އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުން ކަމުގައެވެ. އަދި މި ތަފާސްހިސާބުތަކުން ދައްކައިދެނީ، ކުށްކުރާ ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ފޭރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ފުޅާވެފައިވާ މިންވަރު ކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *