Tuesday, 28 July 2026
މާލެ ސިޓީ

މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ދެ ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ

މާލޭގެ މަޖީދީމަގުގައި އިމާރާތް ކުރަމުންދިޔަ ސައިޓެއްގެ ފުރަތަމަ ފަންގިފިލާއިން ދެ ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މަޖީދީމަގު ޗެކްމާކްސް ފިހާރަ ކައިރީގައި ހުންނަ ގޯޅިއެއްގައި ހަދަމުންދިޔަ އިމާރާތެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އިމާރާތަކުން ދެ މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:53 އެހައިކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ 22 އަހަރުގެ ނޭޕާލް ފިރިހެނަކަށާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.

މި ދެ މީހުންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުންދަނިކޮށް ކަމަށެވެ.

ފުލުހުން މިހާރު ގެންދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *