Tuesday, 28 July 2026

މައްޗަންގޯޅި ސަހަރާ ކައިރީ ގޮދަޑިއެއް ބެހެއްޓި މީހަކު ކައުންސިލުން ހޯދަނީ

މައްޗަންގޯޅި ސަހަރާ ކައިރީ ގޮދަޑިއެއް ބަހައްޓާފައިވަނީ އެ ކަން ކުރި ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މައްޗަންގޯޅި ސަހަރާ ކައިރިން އިސްކަންދަރުމަގުގައި ހުރި ގޮދަޑިއެއް އެ ތަނަށް ނެރުނު ފަރާތެއް ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާ ކަމަށެވެ.

މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ ފަރާތްތަށް ފާހަގަ ކުރެވޭނަމަ ސިޓީ ކައުންސިލްގެ ހޮޓްލައިން 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުވައި ދިނުމަށް އެ ކައުންސިލުން އެދެ އެވެ.

ސިޓީ ކައުންސިލުން ދަނީ މަގު މައްޗަށް އަޅާފައި ހުންނަ ގިނަ އަދަދެއްގެ އެފަދަ ކުނިތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ ތިން ދުވަހު ތެރޭގައި ޓީޖެޓީ ސަރަހައްދުން އެކަނި 46 ޓަނުގެ ކުނި ނަގާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *