Tuesday, 28 July 2026

ވިލިނގިލީގައި ފަޔާ ސްޓޭޝަނެއް އަޅަން އާރުޑީސީއާ ހަވާލުކޮށްފި

ގއ. ވިލިނގިލީގައި ފަޔާ ސްޓޭޝަނެއް އަޅަން ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.

މިކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ރިފާއީ ބުޝްރީ އެވެ.

މިއީ އަލިފާން އިއްވުމުގެ ހިދުމަތް ހުރިހާ އަތޮޅަކަށް ވެސް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ގއ. އަތޮޅުގައި ގާއިމުކުރެވޭ އެމްއެންޑީއެފްގެ ފަޔާ ސްޓޭޝަން ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ ބަޖެޓުން ހަރަދު ކުރާ ގޮތަށް މަޝްރޫއު ހަވާލުކުރީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *