Tuesday, 28 July 2026
މޯލްޑިވްސް އިސްލާމިކް ބޭންކް

އެމްއައިބީގެ ރުފިޔާ ކާޑުން އީކޮމާސް ސައިޓްތަކަށް ކުރާ މުއާމަލާތްތައް ލިމިޓްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރުފިޔާ ޑެބިޓް ކާޑުން އީކޮމާސް ބައެއް ސައިޓްތަކުގައި ޑޮލަރުން ކުރާ މުއާމަލާތްތައް ކޮންޓްރޯލް ކުރުމަށް އެ ބޭންކުން ނިންމައިފިއެވެ. އެމްއައިބީން ބުނީ މި ބަދަލާއެކު އީކޮމާސް ސައިޓްތަކުން ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން ކަމަށެވެ.

އެ ބޭންކުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރުފިޔާ ކާޑަށް ދީފައިވާ 250 ޑޮލަރުގެ ލިމިޓަކީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ދީފައިވާ ފުރުސަތެއް ކަމަށެވެ. ނަމަވެސް، ފަހަކަށް އައިސް ބައެއް ކަސްޓަމަރުން މި ލިމިޓް އެހެނިހެން ބޭނުންތަކަށް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއައިބީން ވިދާޅުވިއެވެ.

މި ބަދަލު ގެނައި ނަމަވެސް، ކަސްޓަމަރުންގެ އާންމު ބޭނުންތަކަށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓުތަކާއި، ރާއްޖެއިން ބޭރުގެ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކަށް މި ލިމިޓް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން ސިއްހީ ހިދުމަތްތަކާއި ޗުއްޓީ ހޭދަކުރުމަށް ކުރާ ހަރަދުތަކަށް ވެސް 250 ޑޮލަރުގެ ލިމިޓްގެ ތެރެއިން މުއާމަލާތް ކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.

އެމްއައިބީން އިތުރަށް ބުނީ މި ފިޔަވަޅަކީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އެންމެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ޑޮލަރުގެ ލިމިޓް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ. މި ބަދަލަށް މިހާރުން މިހާރަށް އަމަލުކުރަން ފަށާނެ ކަމަށް ވެސް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *