Tuesday, 28 July 2026
އަމާން ދޯދި ޓަވަރުތައް -- ފޮޓޯ: ރާއްޖެ. އެމްވީ

އަމާން ދޯދި ޓަވަރެއްގެ ދެވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ އަމާން ދޯދި 5 ގައެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭގެ 23:14 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އިމާރާތުގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖާއަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. ނަމަވެސް އެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *