Tuesday, 28 July 2026

ވިހެއުމާއެކު ދަރި މަރާލި މައްސަލާގައި ބައްޕަ ފަސް އަހަރަށް، މާމަ ތިން އަހަރަށް ޖަލަށް ލައިފި

ދަރިފުޅު ވިހެއެމާ އެކު މަރާލިކަން ސާބިތުވެ، ދަރިފުޅުގެ ބައްޕަގެ މައްޗަށް 5 އަހަރުގެ ޖަލު ހުުކުމެއް އަދި މަރާލި ކުއްޖާގެ މާމައަށް 3 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

މަރާލި ތުއްތު ކުއްޖާގެ މަންމައަކީ 18 އަހަރު ނުފުރޭ ކުއްޖެކެވެ. 18 އަހަރު ނުފުރޭ ދިވެހި އަންހެނަކާއި ހއ. ފިއްލަދޫ، ޝެޑޯ، މޫސާ އަހްސަމަށް ކައިވެނީގެ ބޭރުން ލިބުނު ތުއްތު ކުއްޖާ މަރާލި މައްސަލާގައި އަހުސަމްގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

އަހުސަމާއެކު މި ކަމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައި ވަނީ މި ބުނާ 18 އަހަރު ނުފުރޭ މަންމަގެ މަންމަ ނުވަތަ ވިހެއި ކުއްޖާގެ މާމަ އދ. މާމިގިލި، ގްރީންލައިޓް، އާއިޝަތު ޝާއިރާ އާއި އެ މީހާގެ ލޯބިވެރިޔާ ކަމަށް ބުނާ ތ. މަޑިފުށި، ސޯސަންވިލާ، މުހައްމަދު އިމްތިޔާޒްގެ މައްޗަށެވެ. މީގެ އިތުރުން 18 އަހަރު ނުފުރޭ އަންހެން ދަރިއާއެކު އަހުސަން ޖިންސީ އަމަލުތައް ހިންގިކަން ރިޕޯޓްނުކުރި ކަމަށް ބުނާ މައްސާލަގައި ވެސް ޝާއިރާގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މަރާލުމުގެ ބައިވެރިވުމުގެ ކުށުގައި ޝާއިރާއާއި އިމްތިޒާމު 2 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލުމަށެވެ. ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަން އެނގިހުރެ އެ ކަން ރިޕޯޓް ނުކުރުމުގެ ކުށުގައި ޝާއިރާ 6 މަސް ދުވަހަށް ޖަލަށް ލުމަށް ވެސް ހުކުމްކޮށްފައިވެ އެވެ.

މަރާލި ކުޑަކުއްޖާގެ ބައްޕަ، އެނގިހުރެ މީހަކު މަރާލުމުގެ ކުށުގައި އޭނާ 5 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެ އެވެ. އޭނާ ބަންދުގައި ހުރި ދުވަސްތައް އުނިކުރުމުން ޖަލު ހުކުމުން ތަންފީޒުކުރަން ޖެހެނީ 3 އަހަރާއި 7 މަސް ދުވަހެވެ.

މީގެ އިތުރުން ކައްފާރާގެ ގޮތުގައި އެ ތިން މީހުން ވެސް ދެ މަސް ދުވަހަށް ރޯދަ ހިފުމަށް ވެސް ކޯޓުން ހުކުމްކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *