Monday, 26 October 2026

ސްކޭމްގެ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދަނީ

ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ތުހުމަތުކުރެވޭ ޒުވާނަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ފުލުހުން ވަނީ އޭޓީއެމެއްގެ ކައިރީގައި އެ މީހާ ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށް، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 9212020 އަށް ގުޅައި ހިއްސާކުރުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެންޓި ސްކޭމް ސެންޓަރަށް 2,259 އަށްވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *