ކުރިޔެކޭ އެއްގޮތަށް އަދިވެސް ފިޔާ ލިބެން އެބަހުރި ކަމަށާއި، އަންނަ ހަފުތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ވިއްކަން ފަށާނެ ކަމަށް، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން މިއަދު ބުނެފިއެވެ.
އެސްޓީއޯއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވަނީ، ފިޔާ ލިބުމުގައި ދަތިތައް އުޅޭ ކަމާއި އަގުބޮޑުކޮށް ފިޔާ ލިބޭ ކަމަށް ބުނެ ބައެއް ޚަބަރުތައް މީސްމީޑިއާގައި ފެންނަމުން އަންނަ ކަމަށެވެ.
އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަނީ ކުރިންވެސް ވިއްކާ އަގު ކަމަށްވާ 13 ރުފިޔާއަށް ކަމަށް، އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން އަންނަ ހަފުތާގައި ހޯލްސޭލްކޮށް ފިޔާ ވިއްކަން ފަށާނެ ކަމަށާއި، އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކަށްވެސް ފިޔާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް، އެސްޓީއޯއިން ބުންޏެވެ.
މީގެއިތުރުން އަންނަ ހަފްތާއިން ފެށިގެން ހޯލްސޭލްކޮށް ފިޔާ ދޫކުރަން ފަށާނެކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށްވެސް ފިޔާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި މަސައްކަތްކުރަމުން އަންނަކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.


