Tuesday, 28 July 2026
އެމްޕީއެލް

އޭޕްރީލް މަހާ އަޅާބަލާއިރު މެއި މަހު ރާއްޖެއަށް މުދާ އެތެރެ ކުރި މިންވަރު އިތުރުވެއްޖެ

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މެއި މަހުގެ ތެރޭގައި ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެއްޖެއެވެ. މިއާއެކު ދައުލަތަށް އާމްދަނީގެ ގޮތުގައި 322 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ރިޕޯޓުތަކުން ވަނީ ހާމަވެފައެވެ.

މެއި މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވާ މުދަލުގެ ބާވަތްތަކުގެ ތެރޭގައި ތެލާއި ގޭހުގެ އިތުރުން ކާބޯތަކެއްޗާއި މެޝިނަރީޒް ހިމެނެއެވެ. މިއީ ރާއްޖޭގެ ދަނޑިވަޅާއި އިގުތިސާދީ ހަރަކާތްތަކަށް ބަލާއިރު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މުދަލުގެ ބާވަތްތަކެވެ.

އެގޮތުން އެ ބާވަތުގެ 1.4 މިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓުކޮށްފައެވެ. އަދި ކެއުމަށް ބޭނުންކުރާ އެކި ބާވަތްތަކުގެ ތަކެތީގެ ގޮތުގައި 948 މިލިއަން ރުފިޔާގެ ތަކެތި އިންމޯޓުކޮށްފައި ވާއިރު މެޝީނަރީޒް އަދި އެނޫން ވެސް ބާވަތްތަކުގެ ގޮތުގައި 916 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އޮމާން، ޗައިނާ އަދި އިންޑިއާ އެވެ.

ނަމަވެސް، ރާއްޖެއިން ބޭރުގެ ގައުމުތަކަށް އެކްސްޕޯޓުކޮށްފައިވަނީ ހަމައެކަނި މަސްވެރިކަމުގެ އުފެއްދުންތައް ކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައެވެ.

އެގޮތުން 38 މިލިއަން ރުފިޔާގެ ދަޅުމަސް ނިމުނު މަހު އެކްސްޕޯޓް ކޮށްފައިވާއިރު 27 މިލިއަން ރުފިޔާގެ ގަނޑުކޮށްފައިވާ ކަޅުބިލަމަސް ނިމުނު މަހު ވަނީ އެކްސްޕޯޓްކޮށްފައެވެ. މީގެ އިތުރުން ކަންނެލީގެ އެކި ބާވަތްތަކުގެ ގޮތުގައި 18 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ.

އެކްސްޕޯޓަށް ބަލާއިރު ރާއްޖެއިން އެކްސްޕޯޓުކޮށްފައި ވަނީ ހަމައެކަނި މަހުގެ ބާވަތްތަކެވެ. އެގޮތުން 38 މިލިއަން ރުފިޔާގެ ދަޅުމަސް ނިމުނު މަހު އެކްސްޕޯޓް ކޮށްފައިވާއިރު 27 މިލިއަން ރުފިޔާގެ ގަނޑުކޮށްފައިވާ ކަޅުބިލަމަސް ނިމުނު މަހު ވަނީ އެކްސްޕޯޓްކޮށްފައެވެ. މީގެ އިތުރުން ކަންނެލީގެ އެކި ބާވަތްތަކުގެ ގޮތުގައި 18 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *