Tuesday, 28 July 2026
ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

ބައިނަލްއަޤުވާމީ ފައިސާގެ މުޢާމަލާތްތައް ފަސޭހަކޮށްދޭ ދުނިޔޭގެ މަޝްހޫރު ޕްލެޓްފޯމް، ޕޭޕަލްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރާއްޖޭގައި ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ. މި ޚިދުމަތަކީ ދިވެހި ރައްޔިތުންނަށް ބައިނަލްއަޤުވާމީ މާލީ މުޢާމަލާތްތައް ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ލިބިގެންދިޔަ ބޮޑު ލުޔެކެވެ

ބާސެލޮސް ނަސަންދުރާގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގައި, ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ..

މި ޚިދުމަތް ރާއްޖެއަށް ތަޢާރަފުކޮށްފައިވަނީ އުރީދޫ މޯލްޑިވްސްއާއެކު ޤާއިމުކޮށްފައިވާ ޚާއްޞަ ގުޅުމެއްގެ ދަށުންނެވެ. މީގެ ސަބަބުން ދިވެހިރައްޔިތުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިކޮށް، ޕޭޕަލް އަދި އެމްފައިސާ މެދުވެރިކޮށް ފައިސާގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރުމުގެ މަގު މިހާރު ވަނީ ތަނަވަސްވެގެން ގޮސްފައެވެ.

މި ޚިދުމަތް ތަޢާރަފުވުމާއެކު، ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރުގެ މާކެޓުތަކަށް ވަދެ، ބައިނަލްއަޤުވާމީ ކަސްޓަމަރުންނާ ހަމައަށް ވާސިލުވުމަށް ވަރަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ޑިޖިޓަލްކޮށް، ދުނިޔޭގެ ބާޒާރުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ޚިދުމަތާއެކު އޮންލައިންކޮށް ތަކެތި ގަތުމާއި، ބޭރުގެ ފަރާތްތަކުން ފައިސާ ހޯދުމުގައި ދިވެހި ފަންނާނުންނާއި ވިޔަފާރިވެރިންނަށް ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *