Tuesday, 28 July 2026

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު މާލެއާއި މީދޫގައި ފަށައިފިއެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދު އާއި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް އެވެ.

މި އިންތިޚާބު އަލުން ބާއްވަން ޖެހުނީ މީގެ ކުރިން ބޭއްވި އިންތިޚާބުގައި މި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމާ ގުޅިގެން ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. ކުރީގެ އިންތިޚާބުގައި ދެ ކެންޑިޑޭޓުންނަށްވެސް ލިބިފައިވަނީ 392 ވޯޓެވެ.

މީދޫ ކައުންސިލްގެ އިންތިޚާބުގެ ކަންކަން މިގޮތަށް ކުރިއަށްދާއިރު، މީމު ވޭވަށު ކައުންސިލްގެ އިންތިޚާބާ ގުޅޭގޮތުން ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ. މިއަދުގެ ވޯޓުލުން ނިމުމުން މީދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ކާމިޔާބުކުރާ ކެންޑިޑޭޓެއް ކަށަވަރުވެގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *