Tuesday, 28 July 2026
ބޭންކް އޮފް މޯލްޑިވްސް

ސަބްސްކްރިޕްޝަން ޕޭމަންޓުތައް ލިމިޓްގައި ނުހިމެނޭނެ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުން ރާއްޖޭން ބޭރުގެ އީކޮމާސް ވެބްސައިޓްތަކަށް ފައިސާ ދެއްކޭ އަދަދު ލިމިޓްކޮށްފައި ވީނަމަވެސް، އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް އެ ލިމިޓްގެ ތެރޭގައި ނުހިމެނޭނެ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. ބީއެމްއެލްއިން މިހާރު ވަނީ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ކޮންމެ މީހަކަށް މަހަކު ކުރެވޭ މުއާމަލާތްތަކުގެ އަދަދު 30 އަށް ލިމިޓްކޮށް، މުޅި ރާއްޖެއަށް ދުވަހު ލިމިޓެއް ކަނޑައަޅާފައެވެ.

މިކަމާ ގުޅިގެން ބީއެމްއެލްއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަބްސްކްރިޕްޝަން ޕޭމަންޓުތައް 'ޑެއިލީ ފޮރިން ސްޕެންޑް' ލިމިޓްގައި ނުހިމެނޭނެ ކަމަށާއި، އެފަދަ ޕޭމަންޓުތައް ބޭންކުން މަނާކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް ކަސްޓަމަރުންގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް މާޗަންޓުން ޑިކްލައިންކޮށްފައިވާ މައްސަލަ ފާހަގަވެފައިވާ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.


ބޭންކުން އިތުރަށް ބުނި ގޮތުގައި، މިފަދަ މައްސަލަތައް މިހާރު ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އަދި އެއްވެސް ކަސްޓަމަރެއްގެ ސަބްސްކްރިޕްޝަން ޕޭމަންޓެއް ޑިކްލައިންވެއްޖެ ނަމަ، އެކަން ހައްލުކުރުމަށް ބޭންކަށް ގުޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. ޑޮލަރުގެ ތާށިކަމާ ހެދި އެޅި މި ފިޔަވަޅާއެކު، އެކި ޚިދުމަތްތަކުގެ ސަބްސްކްރިޕްޝަން ނުދެއްކިގެން ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *