Tuesday, 28 July 2026
ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި އަދި ރިޔާސީ ގަނޑުވަރު، މުލިއާގޭގެ ޚިދުމަތްތެރިޔާ މ. ފަތްކޯނި، އިބްރާހީމް ޙަލީމް (ދޮންނަ)[---- ފޮޓޯ: ރައީސްއޮފީސް

ދިވެހި ދައުލަތަށް ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި މަރުހޫމް ޙަލީމްގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ

ދިވެހި ދައުލަތަށް ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި އަދި ރާއްޖޭގެ ކުރީގެ 6 ރައީސުންނާއެކު އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި އިބްރާހީމް ޙަލީމް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، އިބްރާހީމް ޙަލީމަކީ ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅެއް ކަމަށާއި، އޭގެ ތެރެއިން ބޮޑު ބައެއްގައި އެމަނިކުފާނު މަސައްކަތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައި ކަމަށެވެ. އަދި އިބްރާހީމް ޙަލީމް ދިވެހި ދައުލަތަށް ޚިދުމަތްކޮށްދެއްވީ ނުހަނު އިޚުލާޞްތެރި ކަމާއެކު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އިބްރާހީމް ޙަލީމް ދައުލަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ. މިއީ އެމަނިކުފާނު ދައުލަތުގެ އެކި މަރުހަލާތަކުގައި ދެއްކެވި ސާބިތުކަމާއި ވަފާތެރިކަމުގެ ހެއްކެއް ކަމުގައި ބެލެވެއެވެ.

އިބްރާހީމް ޙަލީމް ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ތަޢުޒިޔާ ދަންނަވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙުމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް އިބްރާހީމް ޙަލީމް ލެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *