Tuesday, 28 July 2026
ށ. ގޮއިދޫ -- ފޮޓޯ: ވަން އޮންލައިން

ބަދުއަހުލާގީ ވީޑިއޯއެއް ހިއްސާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އާންމުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، ބަދުއަހުލާގީ އަމަލުތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ވައިބާ ގްރޫޕެއްގައި ހިއްސާކުރި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ށ. ގޮއިދޫ އިންނެވެ. މި މައްސަލަ މިހާރު ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

މި ތަހުގީގުގެ ތެރެއިން، އެ ވީޑިއޯ އާންމުކޮށް ފެތުރި މައްސަލައިގެ އިތުރުން، ވީޑިއޯއިން ފެންނަ މަންޒަރުތަކުގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ އެންމެހާ ކަންކަން ފުލުހުން ދަނީ ތަފްސީލީ ގޮތެއްގައި ބަލަމުންނެވެ. ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ހުރިހާ ކަމެއް ބަލަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާއާ މެދު މިހާރު ވަނީ އިދާރީ ފިޔަވަޅު އަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *