Tuesday, 28 July 2026
އާސަންދަ ---ފޮޓޯ: މޯލްޑިވްސްފައިނޭްންޝަލްރިވިއު

އެންސްޕާގެ މެޑިކަލް ވެލްފެއާ، އާސަންދައިގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފި

އެންސްޕާއިން މިހާތަނަށް ފޯރުކޮށްދެމުން އައި މެޑިކަލް ވެލްފެއަރގެ ހުރިހާ ޚިދުމަތްތަކެއް ޖޫން 1 އިން ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ. މި ބަދަލަކީ ޞިއްޙީ އެހީ ހޯދުމުގައި ރައްޔިތުންނަށް ދިމާވާ އިދާރީ ދަތިތައް ހައްލުކޮށް، އެއް ފުރާޅެއްގެ ދަށުން އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.

މި ބަދަލުގެ ދަށުން މުހިންމު 16 ޚިދުމަތެއް އާސަންދައަށް ބަދަލުވެގެންދާނެއެވެ. އޭގެ ތެރޭގައި ކެންސަރު ބަލީގެ ބޭހާއި، ގޯޝަން ބަލީގެ ފަރުވާ، ރާއްޖެއިން ލިބެންނެތް ބޭސްތައް ހޯދުމަށް ދެވޭ އެހީ، ބޭރުން ފަރުވާ ހޯދުމަށް ބޭނުންވާ އިތުރު ޓިކެޓް، ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދެވޭ ޞިއްޙީ އެހީ، އަދި ތެލެސީމިއާ ކުދިންގެ ބޯންމެރޯ ފޮލޯއަޕް ފަދަ ޚިދުމަތްތައް ހިމެނެއެވެ.

މި ބަދަލާއެކު އެއް އެޕްލިކޭޝަނެއް މެދުވެރިކޮށް ހުރިހާ އެހީއަކަށް އެދުމުގެ މަގު ފަހިވެ، މީހުންގެ މަޢުލޫމާތު އެއްތަނަކުން ބެލެހެއްޓި، ފޯރުކޮށްދެވޭ އެހީތެރިކަން މާ ސާފުކޮށް އެނގިގެންދާނެ ކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިހާރު އެންސްޕާއަށް ހުށަހަޅާފައިވާ ފޯމުތަކަށް ވެސް ޖޫން 1 އިން ފެށިގެން ޖަވާބު ދެމުންދާނީ އާސަންދަ ކުންފުނިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *