Tuesday, 28 July 2026
މިއަދު ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހާ ގުޅިގެްން ބޭެއްވި ނޫސްވެރިންގެ ބައްސަލުވުމުގެ ތެރެއިން---ފޮޓޯ:ރައީސްއޮފީސް

ކުރިއަށް އޮތް 4 މަސް ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ބޭނުންކުރަން ފަށާނެ ކަމަށް މިނިސްޓަރ ވިދާޅުވެއްޖެ

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މައި ބަނދަރުގައި ކޮންޓެއިނަރ ސްކޭނަރެއް ހަރުކޮށް އޮޕަރޭޝަނަށް ނެރެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން ވަރަށް ހަރުދަނާކޮށް ބަލަމުންދާ ކަމަށެވެ. ޚާއްޞަކޮށް ރާއްޖެއަށް ވޭޕް އެތެރެކުރުން ހުއްޓުވުމަށާއި، އެފަދަ ތަކެތި ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އިންޓެލިޖެންސް އެނަލިސިސްގެ އެހީގައި ޤަވާއިދާ ޚިލާފު ތަކެތި އަތުލައިގަންނަ މިންވަރު އިތުރުވުމަކީ ތަންފީޒީ އިދާރާތަކުގެ މަސައްކަތް ހަރުދަނާވަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިޙްސާން ވިދާޅުވީ، ކަސްޓަމްސްގެ ސަރަޙައްދުތަކުގައި އެންމެ ފުރިހަމަ ގޮތުގައި ސްކްރީނިންގ ކުރަން ފެށުމުން، ޤަވާއިދާ ޚިލާފަށް އެތެރެކުރާ ތަކެތި ދެނެގަނެވޭ މިންވަރު އިތުރުވާނެ ކަމަށެވެ. މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެމްޕީއެލްއާއި ކަސްޓަމްސް ގުޅިގެން ފުލް ކޮންޓެއިނަރު ސްކޭނަރެއް ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން މި މައްސަލައާ ގުޅުންހުރި ހުރިހާ އިދާރާތަކެއް އެއް ވުޒާރާއެއްގެ ދަށަށް ގެނެސް، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށާއި ޑިމާންޑު ކުޑަކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *