Tuesday, 28 July 2026
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރެއްގެ މަގާމުގައި މަސައްކަތްކުރެއްވި ލ. ދަނބިދޫ، ނިރިލި، އަލްމަރްޙޫމް ޢަބްދުﷲ ޝަރީފް

މަރުޙޫމް ޢަބްދުﷲ ޝަރީފްގެ އާއިލާއަށް، ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރެއްގެ މަގާމުގައި މަސައްކަތްކުރެއްވި ލ. ދަނބިދޫ، ނިރިލި، އަލްމަރްޙޫމް ޢަބްދުﷲ ޝަރީފް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ޝަރީފް ނިޔާވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން، އިޚްލާޞްތެރި ތައުޒިޔާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ޢަބްދުﷲ ޝަރީފަކީ ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން އޭނާއަކީ ލ. ދަނބިދޫގެ ކަތީބުކަމާއި، ހިންގުމުގެ ދާއިރާގެ އެކި މަގާމުތައް ފުރުއްވާފައިވާ ހީވާގި ޚިދުމަތްތެރިއެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓު ނިންމަވާލެއްވީ، "މަރުޙޫމަށް މާތްﷲގެ ތަނަވަސް ރަޙުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި" ދުޢާ ދަންނަވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *