Tuesday, 28 July 2026
އައިޖީއެމްއެޗް---ފޮޓޯ: ސަން

ކަރަންޓުގައި ޖެހި ފިހުނު ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި

އީދަށް ތައްޔާރުވުމުގެ ގޮތުން ރަށް ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ކަރަންޓުގައި ޖެހިގެން ސީރިއަސް އަނިޔާތަކެއް ލިބުނު 14 އަހަރުގެ ފިރިހެން ކުއްޖަކަށް މާލޭގެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި ލ. ގަމުގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުއްޖާގެ ގައިގައި ކަރަންޓު ޖެހުނީ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ގުޅުމަށް މަސައްކަތް ކުރަމުންދަނިކޮށް ކަމަށްވެއެވެ.

ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ކުއްޖާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވުމާ ގުޅިގެން، ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިއަދު މެންދުރުގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ.

މައުލޫމާތު ލިބޭގޮތުގައި ލ. ގަމުން ގެނައި މި ކުއްޖާ މިހާރު އޮތީ އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމްގައެވެ.

މި ހާދިސާގައި ކުއްޖާގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *