Tuesday, 28 July 2026
ޖަލަށް ލާފައިވާ އަދަދުގެ ދެ ނޫސްވެރިން (ލީވާނާއި ޝަހުޒާން) --ފޮޓޯ: ސޯޝަލްމީޑިއާ

’އަދަދު' ނޫހުގެ ނޫސްވެރިޔާ ޝަހުޒާން މިނިވަންވެއްޖެ

ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ކްރިމިނަލް ކޯޓުން ސިއްރުން ކުރިއަށްގެންދިޔަ ޝަރީއަތަކަށްފަހު، 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާންގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ މިއަދު މިނިވަންވެއްޖެއެވެ.

މި މައްސަލައިގައި ޝަހުޒާންގެ އިތުރުން އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ މައްޗަށް ވެސް ވަނީ ހުކުމްކޮށްފައެވެ. ލީވާންގެ މައްޗަށް އިއްވި 10 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް އޭނާ ވަނީ މީގެ ކުރިން މިނިވަންވެފައެވެ.

ކްރިމިނަލް ކޯޓުން މި ދެ ނޫސްވެރިންގެ މައްޗަށް ހުކުމް އިއްވީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ސިއްރުން ކުރިއަށްގެންދިޔަ އަޑުއެހުމެއްގައެވެ. ނަމަވެސް، މި މައްސަލައިގައި ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ދީފައިނުވާކަމަށް ބުނެ މިހާރު ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ނޫސްވެރިންގެ މައްޗަށް އިއްވި މި ހުކުމާ ގުޅިގެން ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި މައްސަލަ އެ ކޮމިޝަނުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *