Tuesday, 28 July 2026
އެމްއެމްއާރް ވެކްސިން -- ފޮޓޯ: ޕިއު ރިސާޗް ސެންޓަރ

ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެއްޖެ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއިން އަލަށް ފެނުނު ދެ ކޭހާއެކު ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ އިތުރުވެފައެވެ. މި ބަލި ފެތުރެމުންދާ މިންވަރު ދެނެގަތުމަށާއި ކޮންޓްރޯލް ކުރުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެޗްޕީއޭއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ބަލީގެ6 ކޭހެއް ފެނިފައިވަނީ ނިމިދިޔަ މެއި މަހުގެ ތެރޭގައެވެ. މިހާރުވެސް 5 ކޭހެއްގެ ތަހުގީގު ކުރިއަށްދާއިރު، އެ ކޭސްތަކާ ގުޅުންހުރި 128 މީހަކު މިހާތަނަށް ވަނީ ދެނެގަނެވިފައެވެ. މި އެންމެންގެ ހާލަތުވެސް އެޗްޕީއޭއިން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.

ހިމަބިއްސަކީ ނޭވާލާ ނިޒާމުގެ ތެރެއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވުމާއެކު، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ބަލީގެ އަލާމާތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށްވެސް އެ އިދާރާއިން އިރުޝާދު ދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *