Tuesday, 28 July 2026
އޮފީސްތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެލާނާގެ ބޭރުގައި. ފޮޓޯ: މިހާރު

މި މަހުގެ މުސާރަ ދޭނީ 28 އަދި 31 ގައި: ފިނޭންސް މިނިސްޓްރީ

މި ހިނގާ މެއި މަހުގެ މުސާރަ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ މި މަހުގެ 28 އަދި 31 ވަނަ ދުވަހު ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ހާމަކޮށްފިއެވެ. މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ އަޟްޙާ އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުވުމުގެ ސަބަބުން މުސާރަ ލަސްވާތީ އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މުސާރަ ދޫކުރުމުގެ ތަރުތީބަށް ބަދަލު ގެނައީ އީދު ބަންދާއި ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އީދު ބަންދާ ގުޅިގެން މި މަހުގެ 22 އިން ފެށިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާއިރު، އޮފީސްތައް އަލުން ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ.

ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވާނީ ހަމައެކަނި މެއި 28 ވާ ބުރާސްފަތި ދުވަހުއެވެ. އެހެންކަމުން، ބޭންކު ހުޅުވާ ދުވަސް ކަމަށްވާ 28 މެއި އަދި ސަރުކާރު އޮފީސްތައް ހުޅުވޭ 31 މެއި ގައި މުސާރަ އާއި އިނާޔަތްތައް ޖަމާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ދައުލަތުގެ މާލިއްޔަތު ގަވާއިދު ބުނާގޮތުން ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައެވެ. އަދި ސަރުކާރުން މުސާރަ ދޫކުރަމުންދަނީ އެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *