Tuesday, 28 July 2026
ނޫސްވެރިޔާ ލީވާން އަލީ ނާސިރު -- ފޮޓޯ: ފޭސްބުކް

ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ ޖަލަށްލި ނޫސްވެރިޔާ ލީވާން ދޫކޮށްލައިފި

ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ނިންމައި، ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި 10 ދުވަހަށް ޖަލަށްލި 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިއަދު ދޫކޮށްލައިފިއެވެ.

ލީވާންގެ މައްޗަށް މި އަދަބު ކަނޑައެޅީ މޭ މަހުގެ ދިހަވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އާންމު އަމުރަކާ ގުޅޭ ޚަބަރެއް ލިޔުމުން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައެޅުމަށްފަހުގައެވެ. ޖަލު ހުކުމުގެ އިތުރުން ލީވާން ވަނީ ދިހަހާސް ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ.

މި މައްސަލައިގައި ލީވާންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރި ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން ވެސް ވަނީ 15 ދުވަހަށް ޖަލަށްލައި، ފަންސަވީސްހާސް ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ޝަހުޒާންގެ ބަންދުގެ މުއްދަތު އަދި ހަމަނުވާތީ އޭނާ އަދިވެސް ހުރީ ޖަލު ބަންދުގައެވެ.

ނޫސްވެރިންނާ މެދު ކޯޓުން ނިންމި މި ނިންމުމާ ގުޅިގެން ބައިނަލްއަޤުވާމީ ނޫސްވެރިންގެ ޖަމާޢަތްތަކުންނާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ކޮމިޝަނުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *