Tuesday, 28 July 2026
ހުޅުމާލެ ފޭސް-2ގައި ހުންނަ ހިޔާ ފްލެޓު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

ހުޅުމާލެ ފޭސް ދެއަކުން ވައްކަން ކުރި މީހަކު އާންމުން ނުކުމެ ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފި

ހުޅުމާލެ ފޭސް ދެއަކުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު އާންމުން ނުކުމެ ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފިއެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 މެއި 17 ވަނަ ދުވަހުގެ ރޭ 21:47 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެފްޑީސީ ޓަވަރަކުން ވައްކަން ކޮށްގެން ދިޔަ މި މީހާ ހިފަހައްޓާފައިވަނީ އެމްޕީއެލް ޓަވަރުތައް ކައިރިންނެވެ. އޭނާ ހިފެހެއްޓި ވަގުތު އޭނާގެ އަތުގައި އޮތް ދަބަހެއްގެ ތެރެއިން ގިނަ އަދަދެއްގެ ކޮޕަރ ޕްލޭޓް ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ވިދާޅުވީ، ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *