Tuesday, 28 July 2026
މާލެ ސިޓީ ކައުންސިލް މެމްބަރުން ހުވާ ކުރެއްވުން -- ފޮޓޯ: ޕީއެސްއެމް

އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކޮށް މަގާމާ ހަވާލުވެއްޖެ

ލޯކަލް ކައުންސިލް އިންތިހާބުގެ ފަސްވަނަ ދައުރަށް އިންތިހާބުވި ކައުންސިލަރުން މިއަދު ރަސްމީކޮށް ހުވާކުރައްވައި، މަސައްކަތާ ހަވާލުވެވަޑައިގެންފިއެވެ. މީގެ ތެރޭގައި ރާއްޖޭގެ ބޮޑު ފަސް ސިޓީ ކަމަށްވާ މާލެ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫ ސިޓީގެ ކައުންސިލަރުން ހިމެނެއެވެ.

މާލެ ސިޓީ ކައުންސިލްގެ މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިގްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގައެވެ. މިއަދުގެ ވަގުތުތަކުގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ރަސްމިއްޔާތުތައް ކުރިއަށްދާއިރު، ޖުމްލަ 676 ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 662 މެންބަރުން މިއަދު މަގާމުގެ ހުވާ ނުވަތަ އިގްރާރުގައި ސޮއިކުރާނެއެވެ.

މިދިޔަ އޭޕްރިލް މަހު ބޭއްވި އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީންނެވެ. އެ ޕާޓީން 580 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކުރިއިރު، އެމްޑީޕީން ވަނީ 560 އަށްވުރެ ގިނަ ގޮނޑި ހޯދާފައެވެ.

މީގެ އިތުރުން އެމްޑީއޭއިން 23 ގޮނޑި، އަދާލަތު ޕާޓީން 6 ގޮނޑި، ޖުމްހޫރީ ޕާޓީން 4 ގޮނޑި އަދި ޑިމޮކްރެޓްސްއިން 2 ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. ވަކި ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން ކެންޑިޑޭޓުން ވަނީ ޖުމްލަ 168 ގޮނޑި ކާމިޔާބުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *