Tuesday, 28 July 2026
BREAKING

ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި ތިއްބާ ފެނިއްޖެ

ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަނިކޮށް، އެ އެންމެން ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނިގޮތުގައި، ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ވަގުތުން ފަށާފައެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އިޓަލީއަށް ނިސްބަތްވާ ފަސް ފަތުރުވެރިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ގެއްލުނު މީހުން ހޯދުމަށް ކުރި މަސައްކަތުން، އެ ފަސް މީހުންވެސް މިހާރު ވަނީ ފެނިފައެވެ. ނަމަވެސް، ފެނުނުއިރު އެ އެންމެންވެސް ވަނީ ނިޔާވެފައި ކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.

ފުލުހުން ވިދާޅުވީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރަމުންދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *