މާލޭގެ މަގުތަކުގައި ރޭ ކުރިއަށްދިޔަ އިހުތިޖާޖުގެ ތެރެއިން ހިނގި ހަމަނުޖެހުންތަކެއްގައި، މުޒާހަރާ ކޮންޓްރޯލް ކުރުމުގެ އިސް ސަފުގައި ހަރަކާތްތެރިވި ފިރިހެން ފުލުހެއްގެ ލޯމަތި ފަޅައިގެން ގޮސް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އެއްވުމުގެ ބައިވެރިން ކަނޑައެޅިފައިވާ ސަރަހައްދުން ބޭރަށް ނިކުމެ، އާންމު ދަތުރުފަތުރަށާއި މަގުމަތީގެ އަމަންއަމާންކަމަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރަން ފެށުމުން އެކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައެވެ.
ފުލުހުންގެ ހިދުމަތުން މައުލޫމާތު ދިން ގޮތުގައި އަނިޔާވި ފުލުސް މީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާއިރު، އޭނާގެ ހާލަތު ރަނގަޅުވުމުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، އެއްވުމުގެ ބައިވެރިން ފަހަތަށް ޖައްސައި އެ ސަރަހައްދުގެ އަމަން ގާއިމުކުރުމަށް އިތުރު ފައުޖުތައް ނެރެފައެވެ.
ރޭގެ މުޒާހަރާއާ 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.


