ނޫސްވެރިންނަށް ބިރުދެއްކުމާއި، ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު މާލޭގައި ބޮޑު އިހުތިޖާޖެއް ފަށައިފިއެވެ.
އެމްޑީޕީގެ މައި ހަރުގެ ސަރަހައްދުން ފެށި މި މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީ މަގުން ހިނގާފައި ގޮސް އާޓިފިޝަލް ބީޗް ސަރަހައްދަށް އެއްވެފައެވެ. މި ހަރަކާތުގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ހިންގާ އަމަލުތައް ކުށްވެރިކޮށްފައިވެއެވެ.
މުޒާހަރާގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލަމުންދިޔައީ ހައްޔަރުކޮށްފައިވާ “އަދަދު”ގެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށެވެ. މީގެ އިތުރުން، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އިހުތިރާމްކުރުމަށާއި، ނޫސްވެރިންނަށް ބިރުދެއްކުން ހުއްޓާލުމަށްވެސް ބައިވެރިން ދިޔައީ އަޑުއުފުލަމުންނެވެ.
މި މުޒާހަރާގެ ބައިވެރިން ވަނީ ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް ބާރުއަޅާފައެވެ.


