Tuesday, 28 July 2026
މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް -- ސަރުކާރު

އިންޑިއާ ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމުގައި ރާއްޖޭގެ ދައުރު ވަރުގަދަކުރަނީ

މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، އިންޑިއާ ކަނޑުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބަލަހައްޓާ ފަރާތެއްގެ ގޮތުގައި ރާއްޖެއިން އަދާކުރާ ދައުރު ވަރުގަދަކުރުން ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ފެށި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މަސްވެރި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި ސިނާޢަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމުގައި ރާއްޖެއިން އަދާކުރާ ދައުރު ފުޅާކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި ވިދާޅުވީ، އަންނަން އޮތް ޖީލުތަކުގެ ފާގަތިކަން ބިނާވެފައިވަނީ ކަނޑުފަޅުތަކުގެ ދިރުމާއި ދުޅަހެޔޮކަމުގެ މައްޗަށް ކަމަށެވެ. އަދި އިންޑިއާ ކަނޑަކީ އެންމެން ގުޅުވައިދޭ ވަސީލަތެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

އިންޑިއާ ކަނޑުގެ މުސްތަޤުބަލު ބިނާވެފައިވަނީ އެކަކު އަނެކަކަށް އިތުބާރުކޮށް، އިންސާފުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ނިންމާ ނިންމުންތަކަކީ އައްސޭރިފަށުގެ މުޖުތަމަޢުތަކަށާއި، ކާނާގެ ރައްކާތެރިކަމަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު ރަސްމީކޮށް ފެށި އައި.އޯ.ޓީ.ސީގެ މި ބައްދަލުވުމަކީ ދުނިޔޭގެ އެންމެ މުހިންމު އެއް ވަސީލަތް ކަމުގައިވާ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *