ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކަށެވެ. މިޔަރުގެ މި ހަމަލާގައި އޭނާގެ ދެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އެއް ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އެ ފައި ވަނީ ބުރިކޮށްލާފައެވެ.
ހާދިސާ ހިނގުމާއެކު އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ނަމަވެސް އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފައެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފަތުރުވެރިޔާއަކީ އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ކަމަށާއި، އޭނާ ރާއްޖެ އައީ އަނބިމީހާއާއެކު ހަނީމޫން ދަތުރެއްގައެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި، ފަތުރުވެރިޔާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.


