Tuesday, 28 July 2026
ރާއްޖޭގައި ފަތުރުވެރިއެއް މިޔަރުތަކެއް ކައިރީގައި ޑައިވް ކުރަނީ -- ފޮޓޯ: ހަޑްސަން އެންޑް އެމިލީ

ކޫއްޑޫ ކައިރީގައި މިޔަރެއް ހަމަލާދީ ފަތުރުވެރިއެއްގެ ފައި ބުރިކޮށްލައިފި

ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ސްޕެއިންގެ ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީ، ލިބުނު ބޮޑެތި ޒަޚަމްތަކާ ގުޅިގެން އޭނާގެ އެއް ފައި ބުރިކޮށްލަން ޖެހިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކަށެވެ. މިޔަރުގެ މި ހަމަލާގައި އޭނާގެ ދެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އެއް ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އެ ފައި ވަނީ ބުރިކޮށްލާފައެވެ.

ހާދިސާ ހިނގުމާއެކު އޭނާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައެވެ. ނަމަވެސް އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފައެވެ. ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފަތުރުވެރިޔާއަކީ އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ކަމަށާއި، އޭނާ ރާއްޖެ އައީ އަނބިމީހާއާއެކު ހަނީމޫން ދަތުރެއްގައެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި، ފަތުރުވެރިޔާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *