Tuesday, 28 July 2026
މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ކުންފުނިތަކާ ބައްދަލުކުރެއްވުން -- ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ

މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން މަޓީއާއި ތެޔޮ ކުންފުނިތަކާއެކު ބައްދަލުވުމެއް ބާއްވައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކޮށްފާނެ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް، މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ކުންފުނިތަކާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ހަކަތައާއި ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ދުރާލައި ތައްޔާރުވުމެވެ. މި ބައްދަލުވުމުގައި މަޓީގެ އިސް ބޭފުޅުންނާއި ރާއްޖެއަށް ތެޔޮ އެތެރެކުރާ މައިގަނޑު ސަޕްލަޔަރުން ބައިވެރިވެ ވަނީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ޙިއްޞާކޮށްފައެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޠާރިޤް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ. އަދި މިފަދަ ބައްދަލުވުމެއްގެ ސަބަބުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި ޚިޔާލު ބަދަލުކުރެވި، ކުރިމަތިވެދާނެ މައްސަލަތަކަށް ޙައްލު ހޯދުމަށް މަގުފަހިވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ދަނޑިވަޅުގައި ސިނާޢަތްތަކަށް ހުރި ގޮންޖެހުންތަކާއި، ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މަޓީއާއި ތެޔޮ އެތެރެކުރާ ފަރާތްތަކުން ވަނީ ތަފްޞީލީ މަޢުލޫމާތު މިނިސްޓަރާ ޙިއްޞާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *