Tuesday, 28 July 2026

ސްކޭމްކޮށްގެން އަތުލި ފައިސާގެ 70 އިންސައްތަ އެންޓި-ސްކޭމް ސެންޓަރުން ހޯދައިފި

މިދިޔަ ހަފުތާގެ ތެރޭގައި އެކި ބާވަތުގެ ސްކޭމްތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ބޮޑު ބައެއް އަނބުރާ ހޯދިފައިވާކަން އެންޓި-ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. 2026 މާރިޗު 29 އިން އޭޕްރިލް 4 އަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، ޖުމްލަ 42 މައްސަލައެއްގައި 322,270.00 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މި މައްސަލަތަކުގައި ކަމާބެހޭ އިދާރާތަކުން ކުރި ހަލުވި މަސައްކަތުން، ގެއްލުނު ފައިސާގެ 70 އިންސައްތަ ނުވަތަ 227,828.00 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ. މިއީ މައްސަލަ ރިޕޯޓްކުރާ ވަގުތުން ފެށިގެން އެޅޭ އަވަސް ފިޔަވަޅުތަކާއި ތަހުގީގީ މަރުހަލާގައި ކުރެވޭ މަސައްކަތްތަކުން ލިބުނު ބޮޑު ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ތެރެއިން ހިންގާފައިވާ ސްކޭމްތަކެވެ. މިގޮތުން އޮންލައިންކޮށް މުދާ ގަނެވިއްކުމުގެ ތެރެއިން އޮޅުވާލައިގެން ހިންގި 30 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމާއި، މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވެސް ވަނީ ފާހަގަކުރެވިފައެވެ.

އެންޓި-ސްކޭމް ސެންޓަރުން އިލްތިމާސްކުރަނީ އޮންލައިންކޮށް ވިޔަފާރިކުރާއިރު ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ރަސްމީ ނިޒާމުން ބޭރުން ފައިސާ މާރުނުކުރުމަށެވެ. އަދި ޝައްކުކުރެވޭ ކަމެއް ފާހަގަވުމާއެކު ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު އިތުރުވާނެ ކަމެއް ކަމަށް އެ ސެންޓަރުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *