Tuesday, 28 July 2026
އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން ދީދީ---ފޮޓޯ:ޕީއެސްއެމް

އެގްރޯ ނެޝެނަލްގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ދީދީ މަގާމުން ވަކިކުރައްވައިފި

އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން ދީދީ އެ މަގާމުން ވަކިކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އިއުލާންކުރި ގޮތުގައި، އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެމްބަރުކަމުގެ މަގާމުން ގދ. ތިނަދޫ ބްލެކްސްމިތް، ހުސެއިން ދީދީ ވަނީ މިއަދުން ފެށިގެން ވަކިކުރައްވާފައެވެ. ނަމަވެސް، އޭނާ މަގާމުން ވަކިކުރި ސީދާ ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

އެގްރޯ ނެޝެނަލްގެ މެނޭޖިން ޑިރެކްޓަރު މަގާމުން ވަކިކުރެއްވިއިރު، ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކާއި ޑިޕްލޮމެޓިކް މަގާމުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް ވަނީ މިއަދު މަގާމުން ވަކިކުރައްވާފައެވެ.

މީގެ އިތުރުން، ބޭރު ގައުމުތަކުގައި ތިއްބަވާ ރާއްޖޭގެ ބައެއް ސަފީރުން ވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ. އޭގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *