Tuesday, 28 July 2026
ފޮޓޯ: އަލްޖަޒީރާ

އިޒްރޭލާއި އެމެރިކާއިން ތެހެރާނަށް ދިން ހަމަލާތަކުގައި 6 ކުޑަކުދިން ޝަހީދުވެއްޖެ

އިޒްރޭލާއި އެމެރިކާއިން ގުޅިގެން އީރާނުގެ ތެހެރާން ޕްރޮވިންސަށް ރޭގެ ވަގުތެއްގައި ދިން ވަރުގަދަ ހަމަލާތަކެއްގައި އުމުރުން 10 އަހަރުން ދަށުގެ ހަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގައި ޝަހީދުވި ކުދިންގެ ތެރޭގައި ހިމެނެނީހަތަރު އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ. މި ހުރިހާ ކުދިންނަކީ ވެސް އުމުރުން 10 އަހަރު ނުފުރޭ ކުދިން ކަމަށް އެ އެޖެންސީން މައުލޫމާތު ދެއެވެ.

މި ހަމަލާތައް އަމާޒުވެފައިވަނީ ތެހެރާން ޕްރޮވިންސްގެ ބަހަރެސްތާން ކައުންޓީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ. ފާރްސް ނިއުސް އެޖެންސީން އެންމެ ފަހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، އެ ސަރަހައްދަށް ދިން ހަމަލާގައި ޖުމްލަ 13 މީހުން ވަނީ މަރުވެފައެވެ.

މި ހަމަލާއާ ގުޅޭ އިތުރު ތަފްސީލުތައް އަންނަނީ ލިބެމުންނެވެ. މިއީ ފަހަކަށް އައިސް ތެހެރާން ސަރަހައްދަށް އަމާޒުކޮށް ދެވުނު އެންމެ ނުރައްކާތެރި އެއް ހަމަލާގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *