Tuesday, 28 July 2026
މިފްކޯ މަސްފިހާރާ -- ފޮޓޮ: ކޯޕަރޭޓް މޯލްޑިވްސް

ހަރަދު ކުޑަކުރުމަށް މިފްކޯގެ މަސައްކަތު ގަޑި ކުރުކޮށްފި

މޯލްޑިވްސް ފިޝަރީޒް ކޮމްޕްލެކްސް (މިފްކޯ) ގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެ ކުންފުނީގެ މުވައްޒަފުންގެ ރަސްމީ މަސައްކަތު ވަގުތު ކުރުކުރުމަށް ނިންމައިފިއެވެ. މި ބަދަލަށް މާދަމާ އިން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

މިފްކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ޝިފްޒާ މުސްތަފާ ވިދާޅުވީ، މި ނިންމުމަކީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. މި ބަދަލާއެކު މިފްކޯގެ މައި އޮފީހާއި އެކި ސެންޓަރުތަކުގެ މަސައްކަތު ގަޑި ވަނީ ބަދަލުކޮށްފައެވެ.

ކުރިން ހެނދުނު 8:00 އިން ހަވީރު 4:00 އަށް މުވައްޒަފުން މަސައްކަތް ކުރި ނަމަވެސް، އަލަށް ގެނައި ބަދަލާއެކު ދެން މަސައްކަތް ކުރަން ޖެހޭނީ ހެނދުނު 8:00 އިން މެންދުރު 2:00 އަށް ކަމަށް ޝިފްޒާ ވިދާޅުވިއެވެ. އަދި މެންދުރު 2:00 ގެ ފަހުން މުވައްޒަފުން މަސައްކަތަށް ނެރެންވާނީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މަސައްކަތު ގަޑި ކުރުކުރި ނަމަވެސް، އެއްވެސް މުވައްޒަފެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެހެން އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމުގެ ޔަގީންކަން ކުންފުނިން ދެއެވެ. ޝިފްޒާ އިތުރަށް ވިދާޅުވީ، އޮފީސް ގަޑިތަކަށް ބަދަލު އައި ނަމަވެސް، މިފްކޯގެ މަސްފިހާރަތަކާއި، ބޯޓުތަކުގެ އޮޕަރޭޝަންތައް ކުރިއެކޭވެސް އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *