Tuesday, 28 July 2026
--=ވާރޭ ވެހޭ ދުވަހެއްގެ މަންޒަރެއް--ފޮޓޯ: ރާއްޖެ 24-

މާދަމާއިން ފެށިގެން ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނެފި

ހޫނުގަދަ ދުވަސްތަކަކަށް ފަހު މާދަމާއިން ފެށިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ހާމަކޮށްފިއެވެ. ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭއިރު، ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި މި ހަފުތާގެ ހައެއް، ހަތެއް އަދި އަށެއްގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެއެވެ. އަދި ބުދަ ދުވަހު އުތުރުގެ ސަރަހައްދަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭއިރު، މިއަދުވެސް ދެކުނުގެ ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރައި ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. ނަމަވެސް ބުރާސްފަތި ދުވަހު ވިއްސާރަ ކުރާނީ ހަމައެކަނި ދެކުނުގެ އަތޮޅުތަކަށް ކަމަށް ލަފާކޮށްފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރައިން ވިދާޅުވީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 4 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައެވެ. މި ދުވަސްވަރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މި ހަފުތާގައި ވިއްސާރަ ކުރި ނަމަވެސް، ހޫނު މޫސުން އަދި ނުނިމޭ ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ. "މި ހަފްތާ ވިއްސާރަކުރިއަސް ހޫނު މޫސުން އަދިވެސް އޮތީ ކުރިއަށް. ދޭތެރެއަކުން ވިއްސާރަ ކުރިޔަސް، އޭޕްރީލް މަހުގެ ނިޔަލަށް ހޫނުގަދަ ވާނެ،" މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވިއެވެ. މެޓުން ބުނީ މިހާރު ކުރާ ވިއްސާރައަކީ ދިގުދެމިގެންދާނެ ވިއްސާރައެއް ނޫން ކަމަށެވެ.

މިއީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރަށް ވާއިރު، މިދިޔަ މާރިޗު މަހުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް އިހްސާސް ކުރެވޭ ހޫނުމިން ހުރީ 37 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ. އާންމުކޮށް ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވަރަށް ބޮޑަށް ހޫނުގަދަވާ ދުވަސްވަރެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *