Tuesday, 28 July 2026
-ފޮޓޯ:އެމްވީކްރައިސިސް

ހުޅުމާލެ ފޭސް 2 ގައި ހުރި އެކަމޮޑޭޝަން ބްލޮކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލެ ފޭސް 2 ގައި ހުންނަ ބިދޭސީން ދިރިއުޅޭ އެކަމޮޑޭޝަން ބްލޮކެއްގައި މިއަދު ހަވީރު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއަށް ލިބިފައިވަނީ މިއަދު ހަވީރު 17:21 ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ. ހާދިސާގެ ރިޕޯޓު ލިބުމާއެކު، ސިފައިންގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

ސިފައިން މިހާރު ގެންދަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށާއި، އިމާރާތުގެ އެހެން ބައިތަކަށް އަލިފާން ފެތުރުނަ ނުދިނުމަށް ބޭނުންވާ މުހިންމު ފިޔަވަޅުތައް އަޅަމުންނެވެ.

މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށާއި އަދި އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު މިހާތަނަށް އަދި ދެނެގަނެވިފައެއް ނުވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

އެމްއެންޑީއެފާއި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *