Tuesday, 28 July 2026

ލޯކަލް ކައުންސިލް އިންތިޚާބާއި އާންމު ވޯޓު އޮބްޒާވްކުރުމުގައި އެޗް.އާރް.ސީ.އެމްގެ 78 މުވައްޒަފުން ހަރަކާތްތެރިވަނީ

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އޮބްޒާވް ކުރުމުގެ މަސައްކަތް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން ފަށައިފިއެވެ. މި މަސައްކަތުގައި އެ ކޮމިޝަންގެ ޖުމްލަ 78 މުވައްޒަފުން ދަނީ އަމަލީ ގޮތުން ހަރަކާތްތެރިވަމުންނެވެ.

އެޗް.އާރް.ސީ.އެމް އިން މައުލޫމާތު ދޭ ގޮތުގައި، މާލޭގެ އިތުރުން ރާއްޖޭގެ 18 އަތޮޅެއްގެ 21 ރަށެއްގައި އެ ކޮމިޝަންގެ އޮބްޒާވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. ވޯޓުފޮށި އޮބްޒާވްކުރުމުގެ މަސައްކަތް މިއަދު ހެނދުނު 6:30 އިން ފެށިގެން ކުރިއަށްދާއިރު، ވޯޓުލާ ނިމުމާ ހަމައަށް މި މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މި އިންތިޚާބުގެ ތެރެއިން މާލެ ސަރަހައްދުގައި އެކި ގަޑިތަކަށް ބަހާލައިގެން ޖުމްލަ 208 ވޯޓުފޮށްޓެއް އޮބްޒާވްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައި ޖުމްލަ 104 ވޯޓުފޮށްޓެއް އޮބްޒާވްކުރުމުގެ މަސައްކަތް އެޗް.އާރް.ސީ.އެމްގެ ޓީމުތަކުން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ގައިދީންނަށް ވޯޓުލުމުގެ ހައްގު ފޯރުކޮށްދީފައިވާ މިންވަރު ބެލުމުގެ ގޮތުން ކ. މާފުށި ޖަލުގައި ވެސް އެ ކޮމިޝަންގެ އޮބްޒާވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. މިއީ އިންތިޚާބުގެ ކަންކަން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުމަށް އެ ކޮމިޝަނުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *