Tuesday, 28 July 2026
މާލެ ނޯތު ހާބަރުގައި އަޅާފައި އޮތް އުޅަނދުތަކެއް -- ފޮޓޯ: ދައުރު

ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ފަޅުވެރިންތަކެއް ހޭނެތިފައި ތިއްބާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސްފި

މާލޭ ނޯތު ހާބަރުގައި އޮތް ހއ. އަތޮޅަށް ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިންތަކެއް ހާލު ދެރަވެ، ޚަބަރު ހުސްވެފައި ތިއްބާ ފެނިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 6:35 ހާއިރު ކަމަށާއި، އެ މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ.

މި ހާދިސާގައި ޚަބަރު ހުސްވެފައިވަނިކޮށް ފެނުނީ ފަސް ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ. މި އެންމެންނަކީ ވެސް އެ ބޯޓުގައި މަސައްކަތްކުރާ ފަޅުވެރިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހއ. އަތޮޅުގެ ރަށްރަށަށް ދަތުރުކުރާ "ޑީއެމްއެމްއޭ އެކްސްޕްރެސް 5″ ނަމަކަށް ކިޔާ ބޯޓެއްގައެވެ. މި ބޯޓަކީ ހއ. ފިއްލަދޫ، ކެލާ، ވަށަފަރު، ދިއްދޫ އަދި އުތީމާއި މާލެއާ ދެމެދު މުދާ އުފުލާ ބޯޓެކެވެ.

މި މީހުން ހޭނެތެން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *