Tuesday, 28 July 2026
ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލްގެ ޖާގަ ބޮޑުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށްފެށުން---ފޮޓޯ:ޕީއެސްއެމް

ދަރަވަންދޫ އެއަރޕޯޓް ޓާމިނަލް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު ވަޒީރު އަމީން ފައްޓަވައިދެއްވައިފި

ބ. ދަރަވަންދޫ އެއަރޕޯޓް ޓާމިނަލް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި އެއަރޕޯޓް ހިންގުން ވަނީ އައިލެންޑް އެވިއޭޝަން ސާވިސަސްއާ ރަސްމީކޮށް ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން އެއަރޕޯޓް ޓާމިނަލްގެ އިމާރާތާއި، އެރައިވަލް ހޯލް އަދި ޗެކިން އޭރިއާ މިހާރު ހުރި ވަރަށް ވުރެ ދެގުނަ ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. ކަނޑުއަޑީގެ ރީތި މަންޒަރުތައް ސިފަވާގޮތަށް ފަރުމާކޮށްފައިވާ މި އައު ޓާމިނަލްގައި ތިން ގޭޓް ހުންނާނެ ކަމަށާއި، މީގެ ސަބަބުން އެއްފަހަރާ ތިން ބޯޓަށް ޚިދުމަތް ދެވޭނެ ކަމަށް އައިލެންޑް އެވިއޭޝަނުން ބުނެއެވެ.

ދަރަވަންދޫ އެއަރޕޯޓަކީ ރާއްޖޭގެ ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ތެރެއިން އެންމެ ބާރުބޮޑު އަދި އެންމެ ފައިދާވާ އެއް އެއަރޕޯޓެވެ. ދުވާލަކު އަށް ފްލައިޓް އޮޕަރޭޓްކުރާ މި އެއަރޕޯޓުން މިހާތަނަށް 1.8 މިލިއަން ފަސިންޖަރުން ޚިދުމަތް ހޯދާފައިވާއިރު، މި މަޝްރޫޢުގެ ސަބަބުން އިތުރު ވަޒީފާގެ ފުރުޞަތުތައް ވެސް ހުޅުވިގެންދާނެއެވެ.

ބ. އަތޮޅުގެ 16 ރިސޯޓާއި 79 ގެސްޓްހައުސްގެ އިތުރުން 10،000 އަށްވުރެ ބޮޑު އާބާދީއަކަށް މުހިންމު މި އެއަރޕޯޓް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *