Tuesday, 28 July 2026
ދިވެހި މަސްވެރިން، ކަނޑުމަތީ މަސްބޭނުމުގައި --ފޮޓ÷:ސީފުޑް

މާރިޗު 30 ގައި މަސްކިރުވި ދޯނިތަކަށް މިލިއަނަށްވުރެ ގިނަ ރުފިޔާ މިފްކޯއިން ޖަމާކޮށްފި

މާރިޗު މަހުގެ 30 ވަނަ ދުވަހު މަސްކިރުވި ދޯނިތަކަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ މިއަދު ޖަމާކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.

މިއީ މަސްވެރިންނަށް ގަވާއިދުން ފައިސާ ދޫކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ފައިސާގެ މުއާމަލާތެކެވެ.

މިފްކޯ އިން ހާމަކުރި ގޮތުގައި މާރިޗް 30 ވަނަ ދުވަހު ކިރުވި މަހަށް މިއަދު ޖަމާކޮށްފައިވަނީ ޖުމްލަ 1,902,480 (އެއް މިލިއަން ނުވަ ލައްކަ ދެ ހާސް ހަތަރު ސަތޭކަ އަށްޑިހަ) ރުފިޔާ އެވެ. މި ފައިސާ އަކީ އެ ދުވަހު މިފްކޯގެ އެކި ސެންޓަރުތަކަށް މަސްކިރުވި ދޯނިތަކަށް ދޫކުރި ފައިސާއެވެ.

މިފްކޯއިން ދޯނިފަހަރަށް ދެއްކި ފައިސާގެ އަދާހަމަ

މިފްކޯއިން މީޑިއާއާ ހިއްސާކުރި ތަފާތު ހިސާބުތަކަށް ބަލާއިރު، ކަޅުބިލަމަސް ކިރުވި 30 ދޯންޔަކަށް 1,876,730 ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން 10 ކިލޯއިން މަތީގެ ބޮޑު ކަންނެލި ކިރުވި 4 ދޯންޔަކަށް 8,400 ރުފިޔާ ދޫކޮށްފައިވާ އިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 5 ދޯންޔަކަށް 17,350 ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މިހާރު އަންނަނީ މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުންނެވެ. މިއީ މަސްވެރިންނަށް ދިމާވާ މާލީ ދަތިތައް ހައްލުކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް 250 މިލިއަނެއްހާ ރުފިޔާގެ ބޮޑު ދަރަނި މިހާރު ވަނީ ހަލާސް ކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިން މަސްކިރުވާތާ ގިނަވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ދާއިމީކޮށް ދެމެހެއްޓުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *