Tuesday, 28 July 2026

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމަޔަށް ހިމެނޭ ފަޅުގެ ސަރަހައްދު ބަންދުކުރަނީ

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ފަޅުގެ ސަރަހައްދު ބަންދު ކުރަން ނިންމައިފި އެވެ.

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަހައްދަކީ އާންމު ގޮތެއްގައި މާލެއިން އެއާޕޯޓަށް ދާ ފެރީތަކާއި، މާލެއާ ކައިރި ރަށްރަށަށް ދަތުރުކުރާ ފެރީތައް އަޅާފައި އޮންނަ ސަރަހައްދެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ކަނޑުއުޅަނދުފަހަރު ވެސް ހަރަކާތްތެރިވެއެވެ.

ކައުންސިލުން ވަނީ، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތަށް މަގު ބަންދުކުރާނެ ގޮތުގެ ތަފުސީލު އާންމުކޮށްފައެވެ.

  • އެންމެ ފުރަތަމަ ބަންދުކުރާނީ ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް، އެއީ މި މަހުގެ 30 އިން ފެށިގެން މަސައްކަތް ނިމުމާ ހަމައަށް
  • އެ ސަރަހައްދުގެ މަސައްކަތް ނިންމުމަށްފަހު ދެން މަސައްކަތް ފަށާނީ މަސްވެރިންގެ ޕާކުން ފެށިގެން 5 ނަމްބަރު ފާލަމާ ހަމައަށް، އެއީ އަންނަ މަހު 17 އިން ފެށިގެން މަސައްކަތް ނިމެންދެން

އެހެންކަމުން، މަގު ފުޅާކޮށް މަގުގެ މަސައްކަތް ނިމެންދެން، އެ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުފަހަރު އެ ސަރަހައްދުގައި އަޅާފައި ނުބާއްވަން ކައުންސިލުން ވަނީ އަންގައިފައެވެ.

ބޮޑު ތަކުރުފާނުމަގު ހެދުމުގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *