Tuesday, 28 July 2026
ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު އަލްމަރްހޫމް އަބްދުލް މުއިއްޒު ހަސަން

ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެގްޒެކެޓިވް ކޮމެޓީގެ މެންބަރު މުއިއްޒު ނިޔާވެއްޖެ!

ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު އަބްދުލް މުއިއްޒު ހަސަން ނިޔާވެއްޖެއެވެ.

މުއިއްޒު ނިޔާވީ ހުޅުމާލެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ. ހާލު ގޯސްވެ، އޭނާއަށް ލޭ ދޭނެ ހަ ޑޯނަރުން ހޯދަން އިއްޔެ އިއުލާން ވެސް ކުރި އެވެ.

ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން ނިޔާވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ބޭފުޅާ ނިޔާވި ހަބަރު އަޑުއެއްސެވީ ފުންހިތާމައާއެކު ކަމަށެވެ.

އަދި ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން މުއިއްޒަކީ އެޗްޑީސީގެ މުވައްޒަފުންގެ ކްލަބްގެ ރައީސްގެ ހައިސިއްޔަތުންވެސް ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއްކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އެޗްޑީސީގައި ވަޒީފާ އަދާކުރަމުން އަންނަ މުއިއްޒަކީ ތެލެސީމިއާ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މިހާރުގެ ވެސް މެންބަރެކެވެ. އޭނާއަކީ ތެލެސީމިއާ ކުދިންގެ ހައްގުގައި ވަކާލަތުކޮށް، އެކަމަށް މީހުން ހޭލުންތެރިކޮށް، ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ކުރަމުން އައި ތެލެސީމިއާ ބަލީގެ ޒުވާނެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *