މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ (ޤާނޫނު ނަންބަރު 16/2025) ގެ ދަށުން، ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާގެ ފަރާތުން ތަމްސީލުކުރުމަށް މެންބަރުން މިއަދު އައްޔަންކޮށްފިއެވެ.
މި މެންބަރުން އައްޔަންކޮށްފައިވަނީ ޤާނޫނުގެ 17 ވަނަ މާއްދާގެ (2) ގެ ދަށުން އިންތިޚާބުކުރެވި، 21 ވަނަ މާއްދާގެ (ޏ) ގެ ދަށުންނެވެ.
ބްރޯޑްކާސްޓަރުންގެ ފަރާތުން ތަމްސީލުކުރުމަށް އައްޔަންކޮށްފައިވަނީ ށ. ފޭދޫ، އަބްދުލް އަޒީޒް އިބްރާހިމް އާއި ގދ. ތިނަދޫ، ޒަމްއަތު އަހްމަދު ވަހީދެވެ. އަދި އެހެނިހެން މީޑިއާގެ ދާއިރާ ތަމްސީލުކުރުމަށް އައްޔަންކޮށްފައިވަނީ ގދ. ރަތަފަންދޫ، ސިމާހާ ނަސީމް އާއި ހދ. ވައިކަރަދޫ، ހުސައިން ސަގީފެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ. މީގެ ތެރެއިން 3 މެންބަރުން އައްޔަންކުރަނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާއިރު، 4 މެންބަރުން އިންތިޚާބުކުރެވެނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.


