Tuesday, 28 July 2026
އެމްޑީޕީ ބޭއްވި އެއްވުމެއްގެ މަންޒަރެއް -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ އެއްވުމުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅަނީ

އެމްޑީޕީން މިރޭ މާލޭގައި ބޭއްވި އެއްވުމުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފިއެވެ.

ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، އެމްޑީޕީގެ އެއްވުން ކުރިއަށްދިޔައީ ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ޚިލާފަށެވެ. އެގޮތުން މަޖީދީމަގުން ކުރިއަށްދާން ފެށުމާ ގުޅިގެން އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ، އިންޒާރު ދިން ނަމަވެސް، އެއްވުމުގެ ބައިވެރިން އެކަމަށް އިޖާބަ ނުދޭކަމަށް ފުލުހުން ފާހަގަކުރެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅިފައިވާކަމަށް ފުލުހުން ބުނެއެވެ.

މިކަމާއި ގުޅިގެން، އެފަދަ ޢަމަލުތައް ހިންގި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީބުނެފައެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅުމަށް އާންމުންނަށް ނަސޭހަތްތެރިވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *