Tuesday, 28 July 2026

ރިޒާވް 200 މިލިއަން ޑޮލަރަށް އަރައި، ސޮވްރިން ފަންޑުގައި 100 މިލިއަން ޑޮލަރު ހިފެހެއްޓިއްޖެ

ސެޕްޓެމްބަރ 2025 ގެ ނިޔަލަށް ދިވެހިރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 200 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތިވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރު ލިކުއިޑް ބެލެންސެއް މިވަގުތު ހިފެހެއްޓިފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

"ވަގުތު" އާ ވާހަކަދެއްކެވި އެ ވުޒާރާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ބައިނަލްއަޤްވާމީ އިގްތިސާދީ ހިރާސްތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، އެ އަދަދުތަކުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ވަރުގަދަކުރުމުގައި ސަރުކާރުން އަޅަމުންދާ ފާހަގަކޮށްލެވޭ އިސްލާހުތަކުގެ ސަބަބުން ކުރިއެރުން ލިބިފައިވާކަމެވެ.

މިކަމާ ގުޅޭގޮތުން ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ "17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެ" ކަމަށެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން މާލީ އިލްތިޒާމުތައް އަދާކުރުމަށް އަމާޒު ހިފައިގެން، ހަރުދަނާކަމާއި ކުރިއެރުން ޔަގީންކުރުމަށް އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްގެންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *